މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަށް ބަދަލު ގެނެސްފި

މުދަލު ޒަކާތް ވާޖިބުވާ ނިސާބު އަނެއްްކާ ވެސް ބަދަލުވެއްޖެ އެވެ.މުދަލު ޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.ޒަކާތު ހައުސްއިން މިއަދު ނެރުނު އިއުލާނުގައި ބުނީ ޒަކާތުގެ ގާނޫނުގެ ދަށުން، ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށްފަހު ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 21،836.50 ރުފިޔާ ކަމުގައި ކަނޑައަޅާފައިވާ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވީ ހިނދު، އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރުވުމުން، ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައިކުޅަ އެއްބައި (2.5 އިންސައްތަ) ނެރުމަށް ޒަކާތު ހައުސްއިން ވަނީ ވަސިއްޔަތްކޮށްފަ އެވެ.ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ.މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ