އުރީދޫން އައިޖީއެމްއެޗުގެ ބަލިމީހުންނަށް ރޯދަވީއްލުން ހަދިޔާކޮށްފި

އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުންދާ ބަލިމީހުންނާއި އެހީތެރިންނާ އަދި އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ރޯދަ ވީއްލުން ބެހުމުގެ ހަރަކާތެއް އުރީދޫން ކުރިއަށް ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - މުޖުތަމައަށް އެހީތެރިވުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އެ ކުންފުނީގެ މުވައްޒަފުން ވަނީ މި ރޯދަ ވީއްލުން ބެހުމުގައި ބައިވެރިވެފަ އެވެ.
ތަފްސީލް - ބަލިމީހުންނާއި އެ މީހުންގެ އާއިލާތަކަށް، ފަރުވާ ހޯދަމުންދާ ދަނޑިވަޅެއްގައި ރޯދަމަސް ހޭދަކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ. މި ހަރަކާތުގެ މަގްސަދަކީ ރޯދަ ވީއްލާ ވަގުތު އެ ފަރާތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމެވެ. އަދި މިއީ ރޯދަމަހުގެ އަގުހުރި ސިފަތައް ކަމުގައިވާ އޯގާތެރިކަމާއި އެކުވެރިކަން ދައްކުވައިދޭ ހަރަކާތެކެވެ.
މިއީ އުރީދޫގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ މުޖުތަމައަށް އެހީތެރިވުމާއި ދުޅަހެޔޮކަން އިތުރުކުރުމާއި ރާއްޖޭގައި އޯގާތެރިކަމުގެ ސަގާފަތެއް އާލާކުރުމެވެ.
ފާހަގަކޮށްލެވޭ - އުރީދޫން ބުނީ އެ ކުންފުނި ދެމިއޮންނާނީ ހަމައެކަނި ޓެކްނޮލޮޖީ އާއި ހިދުމަތްތަކުގެ އިތުރުން، މުޖުތަމައަށް ފައިދާހުރި ހަރަކާތްތައް މެދުވެރިކޮށް ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ