ދިގުރަށު އަލިފާނުގައި ފިހުނު ދެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަަރުގައި ދިގުރަށު އަލިފާނުގައި ފިހުނު ދެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަަރުގައި

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.
މި ހާދިސާ ހިނގީ ރޭ ދަންވަރު 02:00 ހާއިރު އެވެ. އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ގޮތުގައި އަލިފާން ރޯވީ ގޭސް ލީކެއްގެ ސަބަބުންނެވެ.
މި ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނެވެ. ނަމަވެސް، އޭގެ ތެރެއިން ފަސް ބިދޭސީ މަސައްކަތްތެރިން ވަނީ ނިޔާވެފަ އެވެ.
ހަމައެހެންމެ، މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނައީ ރޭގެ ވަގުތެއްގަ އެވެ.
އެ މީހުންނަށް ފަރުވާ ދެމުން އަންނަ އައިޖީއެމް ހޮސްޕިޓަލުގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި އެ ދެ މީހުންނަށް ވެސް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.
އެ އަލިފާންގަނޑު ރޯވެފައި ހުއްޓާފައި ނަގާފައިވާ ވީޑިއޯއެއް އަދަދު އަށް ލިބިފައިވާއިރު އެ އެކޮމޮޑޭޝަން ބްލޮކުގައި ހުރި ގޭސް ސިލިންޑަރުތަކެއް ގޮވާ މަންޒަރާއި އަޑު ވީޑިއޯއަށް އަރާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ