އައްޑޫ ހިތަދޫގެ ފަތާ ޓްރެކް މޫދޫގައި ބިދޭސީއަކު މަރުވެފަ އޮއްވާ މިއަދު ފެނިއްޖެ އެވެ.
ތަފްސީލް - ފުލުހުން ބުނިގޮތުގައި އެތަނުގައި މީހަކު މަރުވެފައި އޮތްކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 4:41 ހާއިރު ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެއް ނަމަވެސް، އެއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ހަށިގަނޑު މިހާރު އޮތީ ހިތަދޫ ހޮސްޕިޓަލުގަ އެވެ. އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ހިތަދޫ ފަތާ ޓްރެކް މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ