ހިތަދޫ ފަތާ ޓްރެކު ސަރަހައްދުން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ ހިތަދޫ ފަތާ ޓްރެކު ސަރަހައްދުން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ

އައްޑޫ ސިޓީ ހިތަދޫގައި މަރުވެފައި އޮއްވައި ބިދޭސީއެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނުނީ ބިދޭސީ ފިރިހެނެއް ކަމަށެވެ. ނަމަވެސް މިހާތަނަށް އެއީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.
އޭނާ މަރުވެފައި އޮއްވައި ފެނުނީ ހިތަދޫ ފަތާ ޓްރެކު ސަރަހައްދުންނެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
މިއަދު މެންދުރު ވަގުތެއްގައި މާފަންނުގައި ހުރި ގެއަކުން މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު ފެނުނެވެ. އަދި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް ބިދޭސީން ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ