އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ތަފާތު ވާހަކަތަކެއް ދައްކައިފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ އަތުން ފެނުނު ބަނގުރާ ފުޅިއަކީ ރައްޓެއްސަކު ދިން ހަދިޔާއެއް ކަމަށާއި، އެ ފުޅި ނުވެސް ކަނޑާ ކަމަށެވެ. މީގެއިތުރުން އޭނާ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 10 ގްރާމް ވެސް ހަމަނުވާނެ ކަމަށް އޭނާ ކޯޓުގައި ބުންޏެވެ.
މި މައްސަލަ ބެއްލެވި ގާޒީ ނެރުއްވި އަމުރުގައި ވަނީ، އޭނާ ދެއްކި ވާހަކަތަކަށް ބަލާއިރު ވެސް ތުހުމަތުކުރެވޭ ކުށް ކުރިކަން ސާބިތުވާ ކަމަށެވެ. އަދި އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަން ފާހަގަކޮށް، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމާއެކު އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.
27 ދަޅު ބަނގުރަލާ އެކު ދެމީހަކު ހައްޔަރުކޮށްފި ތިލަފުށީގައި ބަނގުރާ ފުޅިތަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި ބަނގުރާ ފުޅިތަކަކާއެކު ހައްޔަރުކުރި މީހާގެ ބަންދަށް މުއްދަތު ނުޖަހާ ދޫކޮށްލައިފި ބަނގުރާ ފުޅިތަކަކާއެކު މާމިގިލިން ބަޔަކު ހައްޔަރުކޮށްފި މަގުބޫލު ލި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ