އާ އަހަރާ ދިމާކޮށް އުރީދޫ އިން ހާއްސަ އޮފާތަކެއް

ކުރިއަށް އޮތް އާ އަަހަރާ ދިމާކޮށް އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.
ވީ ކިހިނެއް؟ -  އުރީދޫ އިން ތައާރަފުކުރި ޕްރީޕެއިޑް ޕްލޭންތަކާއި ސޯޝަލް މީޑިއާ ބަންޑަލްސް އަދި ޑޭޓާ ޑީލްތަކާ އެކު 2026 އަށް މަރުހަބާ ކިޔާއިރު ކަސްޓަމަރުންނަށް މެދުނުކެނޑި އުފާ ފާޅުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ތަފްސީލް - އުރީދޫ އިން ތައާރަފު ކުރި އާ އަހަރުގެ ޕްރީޕެއިޑް އޮފާތަކުގެ ތެރޭގައި:
ޕްރީޕެއިޑް ނިއު އިޔާ ޕެކް
1.5 ޖީބީ ޑޭޓާ އާއި 26 ލޯކަލް މިނިޓް 26ރ. އަށް 
މި ޕެކް ގެ ވެލިޑިޓީ އަކީ 3 ދުވަސް 
 މި ޕެކޭޖު ހާއްސަވަނީ އާ އަހަރުގެ ހަފްތާ ބަންދުގައި ދަތުރުކުރާއިރު އިތުރު ޑޭޓާ ބޭނުން ކުރާ ފަރާތްތަކަށް
އާޗާ ޕްރީޕެއިޑް ޕްލޭން 
1 އަހަރު ވަންދެން ދުވާލަކު 2ޖީބީ 2026ރ. އަށް
ޖުމްލަ 730 ޖީބީގެ މި ޕްލޭންގެ ދަށުން އަންލިމިޓެޑް އުރީދޫގެ ކޯލްތަކާއި ދުވާލަކު 1 ޖީބީ ރެގިއުލަރ ޑޭޓާ އަދި ދުވާލަކު 1 ޖީބީ ޓިކްޓޮކް ޑޭޓާ ލިބޭނެ
އާޗާ 6 މަސްދުވަހުގެ ޕްލޭން
6 މަސް ދުވަހަށް ދުވާލަކު 5.5 ޖީބީ، 2026ރ. އަށް
މީގެ ތެރޭގައި މުޅިއަކު 990 ޖީބީ ޑޭޓާ، އަންލިމިޓެޑް ކޯލް، ޑެއިލީ ރެގިއުލާ ޑޭޓާ، ޓިކްޓޮކް އަދި އައިއެމްއޯ އެންޑް ވައިބާ ޑޭޓާ ހިމެނޭނެ
އާޗާ ޕްރީޕެއިޑް ޕްލޭން 
3 މަސް ދުވަހަށް ދުވާލަކު 3 ޖީބީ
މި ޕްލޭންގެ ދަށުން 1100ރ. އަށް 3 މަހަށް މުޅިއަކު 270 ޖީބީ ލިބޭނެ
މީގެ ތެރޭގައި ދުވާލަކު 3 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫގެ ކޯލް، ޑެއިލީ ރެގިއުލާ ޑޭޓާ، ޓިކްޓޮކް އަދި އައިއެމްއޯ އެންޑް ވައިބާ ޑޭޓާ ހިމެނެ
އަންލިމިޓެޑް ސޯޝަލް ޑޭޓާ ޕެކް
އާ އަހަރު ފާހަގަކުރުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އެއްވެސް ލިމިޓަކާ ނުލައި ޑޭޓާ ލިބޭ މި ޕެކްގެ އަގަކީ 25ރ
 1 ދުވަހުގެ ވެލިޑިޓީއަކާ އެކު މި ޑޭޓާ ބޭނުން ކުރެވޭނީ ވަކި އެޕް ތަކަކަށް
ޓިކްޓޮކް ސުޕަޑީލް
މެދުނުކެނޑި ޓިކްޓޮކް ބެލުމަށް ކަސްޓަމަރުންނަށް 28 ދުވަހުގެ މުއްދަތަށް ފަސް ޖީބީގެ ޓިކްޓޮކް ޑޭޓާ ހިލޭ ލިބޭނެ
އުރީދޫ ސުޕައެޕްގެ ސުޕަޑީލް ސެކްޝަނުން މި އޮފާ ރިޑީމް ކުރެވޭނެ
މި ހުރިހާ އޮފާއެއް ވެސް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހައިން އެކްޓިވޭޓު ކުރެވޭނެ އެވެ.
އާ އަހަރުގެ އޮފާތަކާ އެކު އުރީދޫގެ އަމާޒަކީ އެ ކުންފުނިން ބުނިގޮތުގައި މުވާސަލާތީ ވަސީލަތްތަކުގެ ޒަރިއްޔާއިން ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ހޯދައިދީ، ގުޅުންތައް ބަދަހި ކުރުމަށް މަގުފަހިކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ