މި ސަރުކާރުގެ ފްލެޓް ސްކީމުގައި ކޮޓަރީގެ އަދަދު ކަނޑައެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް މި ސަރުކާރުގެ ފްލެޓް ސްކީމުގައި ކޮޓަރީގެ އަދަދު ކަނޑައެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް

މި ސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމަށް ހިންގާ ބޯހިޔާވެހިކަމުގެ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްގެ ކޮޓަރީގެ އަދަދު ކަނޑައަޅާނީ މިނިސްޓްރީން ކަމަށް ނިންމައިފި އެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރެކޭ އެއްގޮތަށް މި ސަރުކާރުގައި ވެސް އަޅާ ފްލެޓްތަކުގައި ދޫކުރަނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓްތަކެވެ. އެ ފްލެޓްތަކުގެ ތެރެއިން ބޭނުންވަނީ ކޮން ބާވަތެއްގެ ފްލެޓެއްކަން ބަޔާން ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބެ އެވެ.
ނަމަވެސް މި ސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު ގެޒެޓްކޮށްފައިވާއިރު ބުނެފައިވަނީ އެޕްލިކަންޓަށް ލިބޭނީ ކޮން ބާވަތެއްގެ ފްލެޓެއްކަން ނިންމާނީ އިވެލުއޭޝަން މަރުހަލާ ނިންމުމަށްފަހު ހައުސިން މިނިސްޓްރީން ކަމަށެވެ.
"އެޕްލިކޭޝަން ހުށަހަޅާއިރު ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓްގެ ތެރެއިން ބޭނުންވަނީ ކޮން ބާވަތެއްގެ ފްލެޓެއްތޯ ބަޔާންކުރުމުގެ ފުރުސަތު އެޕްލިކަންޓަށް ލިބޭނެ. ނަމަވެސް އެޕްލިކަންޓަށް ލިބޭނީ ކޮން ބާވަތެއްގެ ފްލެޓެއްކަން ނިންމާނީ އިވެލުއޭޝަން މަރުހަލާ ނިންމުމަށްފަހު މިނިސްޓްރީން،" މިނިސްޓްރީން ބުންޏެވެ.
މާލޭ ސަރަހައްދުން ފްލެޓު ދެނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާލޭ ރަށްވެހިންގެ ކެޓެގަރީ އާއި މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓެގަރީ އެވެ.
މާލޭގެ ރަށްވެހިން ކަމުގައި ބަލަނީ އުފަންވީއްސުރެ މާލޭ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނާއި، މާލޭ ރަށްވެހިކަމުގެ ދަފްތަރުގައި ޖެހިފައިވާ މީހުންނާއި ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނެވެ.
ފްލެޓު ދިނުމުގައި ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ފަސް ޝަރުތަކީ:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ