ސިނަމާލެ ބުރިޖުގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތާއި ގުޅިގެން ފުލުހުން އެ ސަރަހައްދު ބަލައި ފާސްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ބްރިޖުގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެން އެ ތަން ބަލައި ފާސްކުރިއިރު، އެ ތަނުގައި ބަޔަކު ދިރިއުޅެމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެ ތަނުގައި ދިރިއުޅޭ ކަމަށް ބެލެވެނީ ބިދޭސީން ކަމަށް ވިދާޅުވިއެވެ. އަދި މިކަން ހުއްޓުވުމަށްޓަކައި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
” އެ ސަރަޙައްދަކީ އާންމުކޮށް މީހުން ދިރިއުޅުމަށް ކަނޑައެޅިފައިވާ ތަނަކަށް ނުވާތީ، އެކަން ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވަނީ ފަށާފައި” ފުލުހުން ވިދާޅުވިއެވެ. އަދި މި ކަހަލަ ކަންކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ލަސްނުކޮށް ރިޕޯޓްކުރުމަކީ އެކަންކަމަށް ވަގުތުން ފިޔަވަޅު އެޅުމަށް މަގުފަހި ވާނެ ކަމެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މިފަދަ މައްސަލަތަކުގައި އިޖުތިމާޢީ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތައް ހިމެނިދާނެތީ، އެފަރާތްތަކުގެ ރައްކާތެރިކަމާއި މަސްލަހަތު ޙިމާޔަތް ކުރުމަށްޓަކައި ކަމާއި ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. މިއީ ހަމައެކަނި ޤާނޫނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި، އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
.
އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުން ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ ރާއްޖެއިން ބޭރުގައި ހުރެގެން ޓިކްޓޮކްގައި ދީނަށް ހަޖޫޖަހާ ބޫގާ ފުލުހަށް ހާޒިރުވާން އަންގައިފި މާލޭގެ ގެއަކުން މީހަކު ސަލާމަތްކުރި ބިރުވެރި ހާދިސާ ރައްކާތެރިކުރުމުގެ އަމުރާ ހި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ