އިންޓަރ އޮފީސް ފުޓްސަލް މުބާރާތް: މެޗްތައް ކާމިޔާބުކުރީ ސްކޫލް އަދި ސިއްހީ މަރުކަޒު

ރޭ ފައިނު ފުޓްސަލް ދަނޑުގައި ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ، ފައިނު ކައުންސިލާއި ފައިނު ސްކޫލްގެ ޓީމެވެ. މި މެޗް 4 – 0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ފައިނު ސްކޫލްގެ ޓީމެވެ. ދެން މި މުބާރާތުގައި ރޭ ކުޅުނީ ފައިނު ސިއްހީ މަރުކަޒުގެ ޓީމާއި ފެނަކަ ފައިނު ބްރާންޗްގެ ޓީމެވެ. މި މެޗް ކާމިޔާބު ކުރީ ފައިނު ސިއްހީ މަރުކަޒުގެ ޓީމެވެ. މި މުބާރާތުގައި މިރޭ ވެސް 2 މެޗް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ، ފައިނު ސްކޫލްއަދި ފެނަކަ ފައިނު ބްރާންޗްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ފައިނު ކައުންސިލްގެ ޓީމް އަދި ފައިނު ސިއްހީ މަރުކަޒުގެ ޓީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ