މޮރޮކޯ އިން ހަދިޔާކުރި ކާޕެޓް ފޮރިން މިނިސްޓަރު ގެއަކަށް ނުގެންދާ ކަމަށް މިނިސްޓީން ވިދާޅުވެއްޖެ ފޮރިން މިނިސްޓަރު ކުރެއްވި ދަތުރުފުޅުތަކުގެ އަދަދު މަޖިލީހުން ބަލަނީ ދެން އެންމެ ބޮޑު މުޒާހަރާއެއް ބާއްވާނީ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް- އުމަރު ނަސީ

އިންޑިއާ އާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން އަލުން ބައްޓަންކޮށް، ކުރިއަށް ގެންދިއުމަށް އުންމީދު ކުރައްވާކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މޫސާ ޒަމީރު މިހެން ވިދާޅުވީ ފޮރިން މިނިސްޓަރުގެ މަގާމަށް އޭނާ އައްޔަނު ކުރެއްވުމާ ގުޅިގެން މަރުހަބާ ދަންނަވައި އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު އެސް ޖަޔަޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ޖަވާބު ދެއްވަމުންނެވެ.
ޖަޔަޝަންކަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ހާއްސަ ގުޅުން އިތުރަށް ބަދަހި ކުރަން އެކުގައި މަސައްކަތްކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ. އެ ޕޯސްޓަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތްކުރައްވާނެ ކަމަށާ އަދި ޒަމާނުއްސުރެ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އަލުން ބައްޓަންކޮށް، ކުރިއަށް ގެންދިއުމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަލަށް އުފެދިގެން އައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދާ މަސައްކަތްތަކާ ގުޅިގެން ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވެދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ