ވިޔަފާރިތަކުގެ ގޮންޖެހުންތައް ދެނެގަތުމަށް "އައްޑޫ ބިޒްނަސް ޑައިލޮގް" ފަށައިފި

އައްޑޫ ސިޓީގެ އިޤްތިޞާދު ހިންގައިގަތުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް ބާއްވާ "އައްޑޫ ބިޒްނަސް ޑައިލޮގް" މަހާސިންތާ ރަސްމީކޮށް ފަށައިފިއެވެ.
އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ސިޓީއަށް ހަލުވި ތަރައްޤީއެއް ގެނައުމަށްޓަކައި 2027 އިން 2029 އަށް ޚާއްސަ އިނާޔަތްތަކެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުން ތަންފީޒު ކުރުމަށް މަގުފަހިކުރުމެވެ.
މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުއެވެ. މި ބައްދަލުވުމުގައި އިޤްތިޞާދީ ވުޒާރާގެ އިތުރުން ދާޚިލީ ސަލާމަތާއި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން މީރާ، ބޭންކުތައް އަދި އެމްޕީއެލް ފަދަ ވިޔަފާރިތަކާ ގުޅުންހުރި މުހިންމު އިދާރާތަކުންވެސް ބައިވެރިވެއެވެ.
މިއީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، އައްޑޫގައި މި މޮޑެލް ކާމިޔާބުކަމާއެކު ތަންފީޒު ކުރެވުމުން ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ އިޤްތިޞާދީ މޮޑެލްތައް ތަޢާރަފްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ