މި ހަފްތާ ތެރޭ މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް)ގެ ދެ ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެޗްޕީއޭން މިއަދު ބުނީ މި އަހަރު ތެރޭ ހިމަބިހީގެ ޖުމްލަ 5 ކޭސް މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން:
މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލިޖެހިގެން އައި ދެ މީހުން ހިމެނޭ
ތަފްސީލް - މާލެ ސަރަހައްދުން ހިމަބިހީގެ ކޭހެއް ފެނުމާ އެކު އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން، ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހަދާ، ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށް އެޗްޕީއޭން ބުންޏެވެ.
އެޗްޕީއޭން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައްޔާއި އަވައްޓެރި ގައުމުތަކުގައި ވެސް މި ދުވަސްވަރު ހިމަބިހި ފެތުރެމުންދާ ކަމަށެވެ. ހުން އައުމާ އެކު ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭން އިލްތިމާސްކުރެ އެވެ.
ފާހަގަ ކުރެވޭ - ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ބައްޔެކެވެ. ނަމަވެސް 2023 ވަނަ އަހަރު ވެސް މި ބަލީގެ ކޭސްތަކެއް ފެނިފައިވެ އެވެ.
މާލެ ސަރަހައްދުން ހިމަބިހީގެ 2 ކޭސް ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ