ވިލިގިލީގައި ފުލުހުންގެ ބަންދުގައި ހުއްޓައި ފިލި މީހަކު ހޯދައިފި
ގއ. ވިލިގިލީގައި ފުލުހުންގެ ބަންދުގައި ހުއްޓައި ފިލި މީހަކު، އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ ގއ. ވިލިގިލީގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ފިލާފައިވާ ކަމަށެވެ. އަދި އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ