ލަންޑަނުގައި ތަމްރީންތައް ފުރިހަމަކުރެއްވުމަށް ފަހު ކެނެރީގޭ މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެން ލާދީނީ ސިޔާސަތު ދިވެހިންގެ ބޮލަށް ވައްދަން ފެށި މަސައްކަތް ހުއްޓުވަން ޖެހިވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށެވެ.
ރައްޔިތުން ވާވެއްދުމަށް ޑިމޮކްރެސީގެ ނަމުގައި ނަޝީދު ފަތުރަން މަސައްކަތް ކުރެއްވީ ލާދީނިއްޔަތާއި ޔަހޫދީ ވިސްނުން ކަން އެނގިވަޑައިގަންނަވާތީ މައުމޫން ވަނީ އެތައް ފަހަރެއްގެ މަތިން ރައްޔިތުންނަށް ނަޝީދުގެ ނުރައްކާތެރި ކަމާއި ނާޤާބިލްކަން ދިވެހިންނަށް ބަޔާންކޮށްދެއްވާފައެވެ.
އޭގެ ތެރޭގައި ނަޝީދުގެ ކިބައިގައި ވެރިކަން ކުރެއްވުމުގެ ޤާބިލްކަން ނެތް ވާހަކަ ފާހަގަކޮށްލެވެއެވެ. 2008 ވަނަ އަހަރުގެ ތެރޭގައި މައުމޫނު ވިދާޅުވި ބަސްފުޅުގެ ތެދުކަން އޭގެ 3 އަހަރު ފަހުން ދިވެހިންނަށް ސާބިތުވެގެން ދިޔައެވެ. ރައްޔިތުން ހަވާލުކުރި ޒިންމާތަކާއި މަސްއޫލިއްޔަތު އަދާނުކުރެވިގެން އިސްތިއުފާދެއްވާފައި ރައްކާވީއެވެ.
(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.11'; fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk'));
MaazeegeVaahaka – Maumoon
#MaazeegeVaahaka “ Nasheed is not qualified to become the president of Maldives” – Maumoon Abdul Gayyoom
Posted by Rumaalu 2 on Tuesday, November 14, 2017
މީގެ 9 އަހަރު ކުރިން މައުމޫން ވިދާޅުވެފައި މިވަނީ ނަޝީދުގެ ކިބައިގައި ވެރިކަން ކުރެއްވުމުގެ އަޚްލާޤެއް، ޝަޚުސިއްޔަތެއް އަދި ތައުލީމާއި ތަޖުރިބާއެއް ވެސް ނެތް ކަމަށެވެ. ސުވާލަކީ ފާއިތުވި 9 އަހަރުގެ ތެރޭގައި ނަޝީދަށް އެ ތައުލީމު ޙާސިލްކުރެއްވުނުތޯއެވެ؟ އަދި ނަޝީދަށް ލާދީނީ ޖަމާޢަތްތަކާއި ގުޅުން ކަނޑާލެވުނު ތޯއެވެ؟
ޖަވާބު ވަރަށް ސާފެވެ. މިއަދު އެމްޑީޕީ ކުދިން ކިތަންމެ ވަރަކަށް ޖަގަހައިގައި “ތިޔައީ ޒައީމޭ” ކިޔައިގެން ލަވަ ޖެހިޔަސް، ނަޝީދު ވެރިކަމަށް އަންނާކަށް މައުމޫނު ހަމަހިލާ ނުރުހޭނެއެވެ. އެކަން މާޒީގެ ވިފަދަ ވާހަކަތަކުން ސާބިތުވެގެން ދާނެއެވެ.
މާޒީގެވާހަކަ: ނަޝީދަކީ ވެރިކަން ކުރުމުގެ ޤާބިލްކަމެއް ނެތް މީހެއް ކަމަށް މައުމޫން ވިދާޅުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ