އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުނުކަމަށް ގަބޫލެއް ނުކުރަން: މައުމޫން

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ނަމަވެސް އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ވެރިކަންކުރާ ޕީޕީއެމްގެ އިންތިހާބީ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
 
ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން އިތުރު ތިން މެމްބަރެއްގެ ގޮނޑި ގެއްލުނުކަން އިއުލާން ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
 
Evves MP eh ge gon’di gellijje kamakah qabūleh nukuran. Gon’di gelley hamathah QA gayā Supreme Ct ge hukumā amuruga evanī. Varah sāfu.
 
ރައީސް މައުމޫން އިތުރަށް ވިދާޅުވެފައިވަނީ ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހައިސިއްޔަތު ގާނޫނު އަސާސީއާއި ސުޕްރީމް ކޯޓުގެ ހުކުމުގައި ވަރަށް ސާފުކޮށް ބަޔާންވެފައިވާ ކަމަށެވެ.
 
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިންވެސް ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް ގާނޫނު އަސާސީގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ.
 
ބަންޑާރަ ނައިބުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ތަމްސީލު ކުރަމުންދާ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ އެމެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އޭޖީ ހުށައެޅި ގޮތަށް ވަނީ ނިމިފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހުކުމް ކުރާ ދުވަހުން ފެށިގެން މެމްބަރަކު ޕާޓީން ވަކިވެއްޖެނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ