މާލޭ ސިޓީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނީ ސްޓެލްކޯގެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފިއެވެ. 
ސްޓެލްކޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކަރަންޓޔު ކެނޑުނު ގިނަ ހިސާބުތަކަށް މިހާރު ކަރަންޓު ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެން ހުރި ތަންތަނަށް ވެސް ކަރަންޓު ފޯރުކޮށްދޭނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. 
ކަރަންޓު ކެނޑުނީ ޖަނަރޭޓަރަކަށް ދިމާވި މައްސަލައެއްގައި ކަމަށް ބުނި ނަމަވެސް ދިމާވީ ކޮން މައްސަލަތަކެއްކަން ހާމައެއް ނުކުރެއެވެ.
    
    މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނީ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކުން
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ