ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފިއެވެ.
އަލީ ހަމީދު ހައްޔަރުކޮށްފައިވާކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ސަރުކާރުން ހިތްނުރުހޭ އަމުރެއް ސުޕްރީމް ކޯޓް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރެފައިވަނިކޮށް، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިމިވަނީ އެކަމަށް މަގުފަހިކުރުމަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާންކުރުމަށް ފަހުއެވެ.
އަލީ ހަމީދު ހައްޔަރުކޮށްފައިމިވަނީ އޭނާ ހައްޔަރުކޮށް ތަހުގީގު ހިންގުމަށް ރައީސް ޔާމީނަށް ތާއީދުކުރާ ޕީޕީއެމްގެ މަޖިލީސް މެންބަރުން މިއަދު ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވަވާ އަލީ ހަމީދު ހައްޔަރުކުރުމަށް ގޮވާލާފައިވަނިކޮށެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ރައްކާތެރިކަން ނެތްކަމަށާ އެކަމުގެ ކަންބޮޑުވުން އުއްތަމަ ފަނޑިޔާރުވެސް ވަނީ ފާޅުކުރައްވާފައެވެ.
ސުޕްރީމް ކޯޓަށް ސަނާކިޔަމުން ދަނިކޮށް މިސަރުކާރަށް ސުޕްރީމް ކޯޓް ގޯސްވީ، ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްޗަށް ވޭތިވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޝަރީއަތްތަކުގައި އިންސާފެއް ނެތުމުން އެ ބޭފުޅުން ދޫކޮށްލާ މިނިވަންކުރުމަށް، އަދި މަޖިލީހުގެ 12 މެންބަރުންގެ ގޮޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވިދާޅުވުމާއި ގުޅިގެންނެވެ.
އަލީ ހަމީދު މުހައްމަދު ހައްޔަރުކޮށްފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައާއި ގުޅިގެންކަމަށް އެ އިދާރާއިން ބުނިނަމަވެސް މިއީ ސަރުކާރުން އަންގައިގެން ފުލުހުން ކުރަމުންދާ ސިޔާސީ ކަންތައްތަކެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ފުލުހުންނާއި، ސިފައިން ސުޕްރީމް ކޯޓް ސަރަހައްދުގައި ފޯރިމަރަމުންދާއިރު، ފަނޑިޔާރުން ތިއްބެވީ ބޭރަށް ނިކުމެވަޑައިނުގެންނެވޭނެހެން ކޯޓްތެރޭގައި ބަންދުވެފައެވެ.
އަލީ ހަމީދު މިރޭ ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވަނީ ތުހުމަތުތަކެއް ކުރުމަށްފަހު ކުރީގެ ރައީސް މައުމޫންވެސް ހައްޔަރުކޮށްފައެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ