މާލޭގެ ބޮޑުސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ހެނދުނު 10 އެއް ޖަހާކަންހާއިރު ކަރަންޓު ކެނޑިއްޖެ އެވެ.
ވީއެފްޕީއަށް މައުލޫމާތު ލިބޭ ގޮތުން ކަރަންޓު ކެނޑިފައިވަނީ ސްޓެލްކޯއިން ބޭނުންކުރާ ބޮޑު 3 ޖަނަރޭޓަރުން ކުރެ އެއް ޖަނަރޭޓަރެއް ނިވިގެންނެވެ.
ސްޓެލްކޯގެ ރަސްމީ ޓުވީޓުގައި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އެތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ލިޔެފައިވެއެވެ.Power failure in some of the areas of Male'. We are in the process of restoring power.— STELCO (@STELCOMALDIVES) May 15, 2017
މިކަމާއި ގުޅޭގޮތުން ސެޓެލްކޯގެ އިތުރު ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ