ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމުގެ ބަޔާނެއް ނެގުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ނިންމާފައިވާ ނިންމުމުގައި، އޭސީސީން ރައީސް މައުމޫނުގެ އަރިހަށް ވަޑައިގަންނަވާނެކަމެއް ނެތްކަމަށް ވިދާޅުވެ، އަމިއްލަފުޅަށް އޭސީސީއަށް ވަޑައިގެންނެވުމަށް ރައީސް މައުމޫނު ނިންމަފައިވިއެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނެފައިވަނީ އޮޑިޓް ރިޕޯޓާއި ގުޅިގެން ރައީސް މައުމޫނާއި ސުވާލުކުރެއްވުނަށް ރައީސް މައުމޫނުގެ އަރިވަށް އޭސީސީން ވަޑައިގަންނަވާނެ ކަމުގައެވެ.
ނަމަވެސް ރައީސް މައުމޫނު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އޭސީސީން ރައީސް މައުމޫނުގެ އަރިއަށް އަންނާނެކަމެއް ނެތްކަމަށާއި ރައީސް މައުމޫނު އަމިއްލަފުޅަށް އޭސީސީއަށް ވަޑައިގެންނެވުމަށް ނިންމަވާފައިވާ ކަމުގައެވެ.
ރައީސް މައުމޫނު ވިދާޅުވީ ކަންކަން ހިނގާގޮތް ރައްޔިތުންނަށް ސާފުވާން ޖެހޭކަމަށާއި އެހެންކަމުން ރައީސް މައުމޫނު އޭސީސީއަށް ވަޑައިގަންނަވާއިރު، ނޫސްވެރިން އެތަނަށް ދިއުމަށް ދައުވަތު އަރުވާ ކަމުގައެވެ.
ނަމަވެސް އޭސީސީއަށް ވަޑައިގަންނަވާ ދުވަހެއް އަދި ހާމަ ކުރައްވާފައެއް ނުވެއެވެ.
އަމިއްލަފުޅަށް އޭސީސީއަށް ވަޑައިގެންނެވުމަށް މައުމޫނު ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ