ޖުމްހޫރީ ޕާޓީގެ ލީޑާރ ގާސިމް އިބްރާހިމް ބަޣާވާތެއް ގެންނަން އުޅޭކަމަށް ޕީޕީއެމުން ތުހުމަތުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ބަޣާވާތެއް ގެންނަން އުޅޭ ކަމަށާއި އެއީ އަމިއްލަ ވިޔަފާރީގެ މަސްލަހަތު އިސްކޮށް ގާސިމް ފައިސާ ހަރަދުކޮށްގެން ހިންގަމުން އަންނަ ބޮޑު ޖަރީމާއެއް ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ތުހުމަތު ކުރައްވައިފިއެެވެ. އަދި ފަލާހް ވިދާލުވީ ޕީޕީއެމުން މެންބަރުން ވަކިވަނީ ވެސް ފައިސާގެ ދަޅައް ދައްކައިގެން ކަމަށެވެ.
ޕީޕީއެމްގެ ނައީބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕީޕީއެމްގެ ކޯލިޝަންއޮތީ ސާބިތުކަމާއެކު ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށާއި މިމަހުގެ 24 ވަނަ ދުވަހު ނަގަން ތައްޔާރުވަމުންދާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ވޯޓު އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
އަދި އިތުރަށް އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ރައީސް ޔާމީންގެ ސިޔާސީ އެޖެންޑާ ހުއްޓުވާލާ ޤައުމު ހަލަބޮލިކޮށް ބަޣާވާތެއް ގެންނަން ކަމަށެވެ.
ގާސިމް ބަޣާވާތެއް ގެންނަން އުޅޭކަމަށް ޕީޕީއެމުން ތުހުމަތުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ