މިރޭގެ ޖަލްސާގައި ރައީސް މައުމޫނު ވާހަކަފުޅު ދައްކަވާނެ

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާގައި ރައީސް މައުމޫނު ވާހަކަފުޅު ދައްކަވާނެކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ،
ޖުމްހޫރީ ޕާޓީގެ ޖަގަހަ ކުނޫޒުގައި ބާއްވާ ޖަލްސާ ފަށާނީ މިރޭ 21:15 ގައެވެ. މިއީ އީދަށް މެދު ކަނޑާލުމަށްފަހު އިދިކޮޅު ހަރަކާތްތައް އަލުން ފެށުމަށް ބާއްވާ ޖަލްސާއެކެވެ.
މިރޭގެ ޖަލްސާގައި ރައީސް މައުމޫނުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުވެސް ވާހަކަ ދައްކަވާނެއެވެ.
އިދިކޮޅު ހަރަކާތްތައް އަލުން ފަށާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މައްޗަށް މިދިޔަ މަހު 24 ވަނަ ދުވަހުގެ ރޭވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ.
މަޖިލިސް މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވި ކަމުގެ ކުށުގައި ޤާސިމްގެ މައްޗަށް ހުކުމްކޮށްފައިވާއިރު ޤާސިމް މިވަގުތު ހުންނެވީ ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯދުމަށް ސިންގަޕޫރަށް ވަޑައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ