ފްލޮރިޑާ (ސެޕްޓެމްބަރު 11) - އެމެރިކާގެ ފްލޮރިޑާ އަށް އިއްޔެ އެރި ބާރުގަދަ ތޫފާނުގައި ހަތަރު މިލިއަން ގެ އާއި ވިޔަފާރި ހިންގާ ތަންތަނުން ކަރަންޓް ކެނޑިފައިވާ ކަމަށ ޔުޓިލިޓީ ކުންފުނިތަކުން ބުނެފި އެވެ.
ހަރިކޭން އިރްމާ ފްލޮރިޑާ އަށް އެރިއިރު ބާރު ހުރީ ކެޓަގަރީ 4 ގަ އެވެ. ނަމަވެސް ފްލޮރިޑާގެ ވެސްޓް ކޯސްޓަށް ތޫފާން ފޯރި އިރު މިހާރު ވަނީ ކެޓަގަރީ 2 އަށް ބާރު ދަށްވެފަ އެވެ.
ފްލޮރިޑާގެ އެންމެ ބޮޑު ޕަވާ ކޮމްޕެނީ، ފްލޮރިޑާ ޕަވާ އެންޑް ލައިޓް (އެފްޕީއެލް) އިން ބުނީ އެ ކުންފުނީގެ 3.2 މިލިއަން ކަސްޓަމަރުންނަށް ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމަށެވެ. މީގެ ތެރޭން ގިނަ ތަންތަނަށް އަލުން ޚިދުމަތް ދޭން ހަފުތާތަކެއް ނަގާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ފްލޮރިޑާގައި ކަރަންޓުގެ ޚިދުމަތް ދޭ އެހެން ކުންފުންޏެއް ކަމަށްވާ ޑޫކް އެނާޖީ ކޯޕަރޭޝަނުން ބުނީ އިއްޔެ ހަވީރުން ފެށިގެން ހަތަރު ލައްކައެއްހާ ގެއިން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އެމެރާސް ޓަމްޕާ އިލެކްޓްރިކް އިން ބުނީ އެ ކުންފުނިން ޚިދުމަތް ދޭ ތަންތަނުން ވެސް ބައި މިލިއަން ގެއިން ކަރަންޓް ކެނޑޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިހާތަނަށް ވަނީ 180،000 ގެއިން ކަރަންޓް ކެނޑިފަ އެވެ.
ތޫފާނުގައި ފްލޮރިޑާގެ ހަތަރު މިލިއަން ގެއިން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ