ބަދަލުގެ ގޮތު އެލައިޑުން 6.3 މިލިއަން ރުފިޔާ ދޫކޮށްފި

އެލައިޑް އިންޝުއަރެންސުން މިދިޔަ މަހު ފަސް ދުވަހުގެ ތެރޭގައި އިންޝުއަރެންސް ބަދަލުގެ ގޮތުގައި 6.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.
އެލައިޑް އިންޝުއަރެންސުން ދަނީ ހަފުތާ އަށް ބަހާލައިގެން ކްލައިންޓުން ނަށް އިންޝުއަރެންސް ބަދަލު ދެމުންނެވެ. އެ ކުންފުނިން އެންމެ ފަހުން ދޫކުރި ހަ މިލިއަން ރުފިޔާއަކީ މިދިޔަ މަހުގެ ތެރޭގައި އެ ކުންފުނިން އެންމެ ބޮޑު އަދަދެއްގެ ބަދަލުގެ ގޮތުގައި ދޫކުރި ފަހަރެވެ. މި ބަދަލު ދޫކޮށްފައިވަނީ މިދިޔަ މަހުގެ 19-23 އަށް މި މުއްދަތަށެވެ.
އެލައިޑުން ވަނީ މިދިޔަ މަހުގެ 5-9 އަކަށް 1.4 މިލިއަން ރުފިޔާ އަދި 12-16 އަށް ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޫކޮށްފަ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޝުއަރެންސުގެ ހިދުމަތް ދެމުން ގެންދާ އެލައިޑުން ދަނީ ރާއްޖޭގެ ގިނަ ދާއިރާއެއްގެ ރައްކާތެރިކަމަށް ހާއްސަ ޕްރޮޑަކްޓްތައް ވިއްކަމުންނެވެ. މިގޮތުން އެލައިޑުގެ ފަޔާ އިންޝުއަރެންސާއި މެޑިކަލް އިންޝުއަރެންސް އަދި މެރިން ހަލް އިންޝުއަރެންސް އަކީ ފާހަގަ ކޮށްލެވޭ ބައެއް އިންޝުއަރެންސް ޕްރޮޑަކްޓްތަކެކެވެ. އަދި އެ ކުންފުނިން ދަނީ އިންޝުއަރެންސު ޕްރޮޑަކްޓްތަކުގެ މައުލޫމާތު އާއްމުންނާ ހަމަ އަށް ގެނެސް ދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
އެލައިޑުން އިންޝުއަރެންސުގެ ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދޫކުރަމުން ދާއިރު، އެ ކުންފުނީގެ ފައިދާ މިދިޔަ މަހު ބޮޑުތަން އިތުރުވެ، އިންޝުއަ ކުރުމުގެ ގާބިލްކަން 140 މިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ