އިއްތިހާދު އެއާވޭޒްގެ ފްލައިޓެއް އިމަޖެންސީގައި ހުޅުލެއަށް ޖެއްސުމުން ރަންވޭ ބަންދު ކޮށްފި

އިއްތިހާދު އެއާވޭސްގެ ފްލައިޓެއް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ފުރައިގެން ދިޔަތާ ގާތް ގަނޑަކަށް ގަޑިއެއްހާ އިރު ފަހުން އިމަޖެންސީގައި އަލުން އެނބުރި އައިއެންއައިއޭ ޖައްސައިފި އެވެ.
އެއާޕޯޓްގެ އޮފިޝަލަކު ސަންއަށް ވިދާޅުވީ، މިރޭ 7:10ގައި މާލެއިން އަބޫދާބީއަށް ދަތުރުކުރި އިއްތިހާދުގެ EY 279 މަތިންދާ ބޯޓުން ހައިޑްރޯލިކް ލީކް ވުމުގެ ސަބަބުން އެ ބޯޓު އަނބުރާ އެއާޕޯޓަށް ޖެއްސީ 8:30ގައި ކަމަށާއި އެވަގުތުން ފެށިގެން ރަންވޭ ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.
އެ ބޯޓުގައި ފަސިންޖަރުންނާއި ކުރޫން ހިމެނޭގޮތަށް 189 މީހުން ދަތުރު ކުރި ކަމަށާއި އެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެއާޕޯޓް ބަންދުކުރުމުގެ ސަބަބުން ބައެއް ފްލައިޓްތަށް ޑިލޭވެފައިވާ އިރު، އެއް ފްލައިޓް ކޮޅުނބަށް ޑައިވާޓް ކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އިއްތިހާދު އެއާވޭސްގެ ފްލައިޓަކުން ތެޔޮ ލީކުވުމާގުޅިގެން މިރޭ ރަންވޭ ބަންދުކޮށްފައިވާ އިރު، ރޭ ދަންވަރު ހުޅުލެއިން ބ. ދަރަވަންދުއަށް ދަތުރުކުރި ފްލައިމީގެ ބޯޓަކަށް ލިބުނު ބޮމުގެ އިންޒާރަކާ ގުޅިގެން އެބޯޓު އަނބުރާ ހުޅުލެއަށް ޖެއްސުމާ ގުޅިގެން އެއާޕޯޓް ބަންދުކޮށް ކުއްލި ހާލަތަކަށް ގެނައުމަށް ފަހު އަލުން ހުޅުވާފައި ވަނީ، މެންދަމު 1:54ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ