މޫސުން ގޯސްވުމުގެ ސަބަބުން އެމްޑީޕީގެ ޖަލްސާ ކެންސަލްކޮށްފި

އިދިކޮޅު އެމްޑީޕީ އިން މިރޭ މާލޭގައި ބާއްވަން އުޅުނު ބޮޑު ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ފަހުވަގުތު ކެންސަލް ކޮށްފި އެވެ.
ދުވަސްތަކަކަށް ފަހު ބާއްވަން އުޅުނު އެމްޑީޕީގެ އާންމު ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކުރި ނަމަވެސް މިރޭ ބާއްވަން އުޅުނު ޖަލްސާ މޫސުން ރަނގަޅުވިހާ އަވަހަށް ބާއްވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.
މިރޭ ބާއްވަން އުޅުނު އެމްޑީޕީގެ ޖަލްސާ އަކީ އެޕާޓީގެ ޗެއާޕާސަން އާއި ރައީސްގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ހުސްކޮށް އޮތުމަށް ފަހު އެދެމަގާމަށް ބޭފުޅުން އަށްޔަން ކުރި ފަހުން ބާއްވަން އުޅުނު ފުރަތަމަ ޖަލްސާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ