ސުޕްރީމް ކޯޓުގެ ބެންޗާ ކުޅެފިނަމަ ބޭރު ދުނިޔެއިން ރާއްޖެއަށް ފިޔަވަޅު އަޅާނެ - ގާސިމް

ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިގެން ސްޕްރީމް ކޯޓުގެ ބެންޗާ ކުޅެފިނަމަ ބޭރު ދުނިޔެއިން ރާއްޖެއާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކިީ ގާނުނު އަސާސީ އާއި ހިލާފަށް ހުށަަހަޅާފައިވާ އިސްލާހެއް ކަމަށެވެ. އަދި އެއިސްލާހުގައިވާ ގޮތަށް ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނެވޭނީ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނެ ހާލަތްތަކަށް ބަލާ އެކަންކަން ފުރިހަމަކުރުމަށްފަހުގައި ކަމަށް ޤާސިމް ވިދާޅުވިއެވެ.
ފަނޑިޔާރުން ވަކިކުރެވޭ ގޮތްތައް ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮއްވައި ސަރުކާރާ މަޖިލީހުގައި ބާރު އޮތުމުން ކޮންމެ ގޮތަކަށް ކަންތައްތައް ކުރެއްވި ނަމަވެސް އެއީ ސަރުކާރުން ޤާނޫނާ ޚިލާފަށް ހިންގާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.
"ގާނޫނީ ވެރިކަމެއްގެ ތެރޭގައި ގާނުނީ ހައިސިއްޔަތުން ކަންތައް ކުރެވޭ ގޮތާއި ހިލާފަށް ކަންތައްތައް ދަނީ. މިފަދަ ތާކުންތާކު ނުޖެހޭ އިސްލާހެއް އެޖެންޑާ ކޮށްގެންް ކުރިއަށް ގެންދާތީ ހައިރާންވޭ. މިފަދަ އިސްލާހެއްގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ އަގު ވެއްޓިގެންދާނެ ވަރާއި ރައްޔިތުންނަށް ލިބިދާނެ ގެއްލުމެއް ވިސްނަންތޯ. ގާނުނު އަސާސީއަށް ބަދަލު ގެންނައިރު ބޮޑު އަޣުލަބިއްޔަތެއް ހޯދަންޖެހޭ،" ގާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކުރެވޭނީ ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްފަހުގައި ނަމަވެސް ކޮންމެ ސަރުކާރަކުންވެސް ޝަރުއީ ދާއިރާ އާއި ދޭތެރޭ ކަންތައް ކުރަނީ ވަރަށް ނިކަމެތިކޮށް ކަމަށެވެ.
އަދި އަންނަ އަހރުގެ ބަޖެޓުގައި ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވަ ބަޖެޓު ވަރަށް ކުޑަ ކަމަށާއި، މިކަމުން ދޭހަވަނީ ސަރުކާރުން ޝަރުއީ ދާއިރާއަށް ދޭ އަޅާލުން ކުޑަ މިންވަރު ކަމަށްވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.
ޤާސިމްގެ ވާހަކައިގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން ކޯޓުތަކަށް ފުރިހަމަކޮށްދޭން ޖެހޭ ކަންތައްތައް ފުރިހަމަ ނުވެ ދަނީ ސަރުކާރުގައި އެހާ ފެންވަރު ނެތުމުން ކަމަށް ޤާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ