އަހުމަދު މުހައްމަދު އިންޑިއާ ސަފީރަކަށް އައްޔަން ކުރަން ފާސްކޮށްފި

ރާއްޖެ އިން އިންޑިއާއަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު މުހައްމަދު (އަންޑޭ) އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އަހުމަދު މުހައްމަދުގެ ނަން ފާސްވެފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި 58 މެންބަރުން ވޯޓުދެއްވައިގެންނެވެ. އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް 1 މެންބަރަކު ވޯޓުދެއްވާފައިވެއެވެ. އަހުމަދު މުހައްމަދު ރުހުން ދޭން ނުފެންނަ ކަމަށް ވޯޓުދެއްވީ އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.
އަހުމަދު މުހައްމަދަށް ރުހުން ދިނުމަށް ގައުމީ ސަލާމަތު ކޮމެޓީން މީގެކުރިން ވަނީ ނިންމާފައެވެ.
ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމު ފުރުއްވި އަހުމަދު މުހައްމަދު އެމަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ރައީސް ޑރ.މުހައްމަދު ވަހީދު ސަރުކާރުގައި އޭނާ ވަނީ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.
އިންޑިއާގައި ހުންނަވާ ސަފީރަކަށް އަހްމަދު މުހައްމަދު އައްޔަންކުރަން މަޖިލީހުން މިއަދު ރުހުން ދީފައިވާއިރު ވަޒީރުން ފެންވަރުގައި އޭނާ މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ.
އިންޑިއާގެ ސަފީރު ކަމުގައި މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓަރީ ޑރ އަލީ ނަސީރު މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ