ދުވާފަރު ދަރިވަރުން ގޭގައި ތިބެގެން އުނގެނުމުގެ ފުރުސަތު ދާއިރާގެ އެމްޕީއާއި ޑީޕީއެސް ގުޅިގެން ފަހިކޮށްދެނީ

ދުވާފަރު ދަރިވަރުން ގޭގައި ތިބެގެން އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދުވާފަރުގެ ކޭބަލް ޓީވީގެ ހިދުމަތް ދެމުންދާ ކޭޓީވީގެ ނެޓްވޯކް މެދުވެރިކޮށް ގޭގައި ތިބެގެން ދަރިވަރުންނަށް ކިޔަވައިދެވޭނެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.މި މަސައްކަތަކީ ދުވާފަރު ޕްރައިމަރީ ސްކޫލްގެ އިސްނެގުމެއްގެ ދަށުން ދުވާފަރު ދައިރާގެ މެންބަރު އިސްމާއިލް އަހުމަދުގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްދާ މަސައްކަތެކެވެ. އަދި މި މަސައްކަތް ކުރިއަށް ދަނީ ދުވާފަރުގައި ކޭބަލް ޓީވީގެ ޚިދުމަތް ދެމުންދާ ފަރާތެއްކަމުގައިވާ “ކޭޓީވީ” ގެ ހެޔޮއެދުންތަކާ އެކުއެވެ.ދުވާފަރުގައި މި ޚިދުމަތް ދޭނީ ދުވާފަރު ޕްރައިމަރީ ސްކޫލާއި ރ.އަތޮޅު މަދަރުސާގެ މުދައްރިސުން ބައިވެރިވެގެން އެ 2 ސްކޫލުގައި ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ފިލާވަޅުތައް ރިކޯޑުކުރުމަށް ފަހު ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ހަފުތާގެ ދުވަސްތަކަށް ބަހާލައިގެން ކޭބަލް ޓީވީ މެދުވެރިކޮށް ގޭގެއަށް ދޫކުރާ އުސޫލުންނެވެ.މިކަމާ ގުޅިގެން އުނގޫފރު.ކޮމް އަށް މައުލޫމާތު ދެއްވަމުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު (އިއްސެ) ވިދާޅުވީ މި ކަމަކީ ދުވާފަރު ޕްރައިމަރީ ސްކޫލްގެ އިސްނެންގެވުމުގެ މަތިން ފެށުމަށް ނިންމާފައިވާ ކަމެއް ކަމަށާއި މި ޚިދުމަތުގެ މަޤުސަދަކީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދުކޮށްފައި ވާތީ ދުވާފަރުގެ ދަރިވަރުން ގޭގައި ތިބެގެން ކިޔެވޭނެ މަގު ފަހިކޮށްދިނުމެވެ. އިއްސެ ވިދާޅުވި ގޮތުގައި ފިލާވަޅުތަކުގެ އިތުރުން ކޭބަލްޓީވީ މެދުވެރިކޮށް ކޮވިޑް-19 އާ ގުޅިގެން ރަށުފެންވަރުގައި ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ވެސް ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.ދުވާފަރުގައި ޓެލެކުލާހުގެ ޚިދުމަޠް ފެށުމަށް ތައްޔާރުވަނީއިއްސެ ވިދާޅުވިގޮތުގައި މީގެ އިތުރުން މި ޚިދުމަތް ދުވާފަރު ރައްޔިތުންގެ މެދުގައި އިޖުތިމާއީ ހޭލުންތެރިކަން އިތުރު ކުރުމަށާއި ދުވާފަރުގެ މުއައްސަސާތަކުން ރައްޔިތުންނަށް ދޭން ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި ބޭނުން ކުރެވޭނެއެވެ. އިއްސެ އިތުރަށް ވިދާޅުވީ މިކަމުގައި އިސްނަންގަވާފައިވާތީ ދުވާފަރު ޕްރައިމަރީ ސްކޫލަށާއި އަދި މި ޚިދުމަތް ދިނުމުގައި ބައިވެރިވާތީ ރ.އަތޮޅު މަދަރުސާގެ އެންމެހާ މުވައްޒަފުންނަށާއި ވެރިންނަށް ޝުކުރު އަދާކުރާކަށެވެ. އަދި މިކަމުގައި ކޭޓީވީގެ ފަރާތުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ދުވާފަރުގެ ހުރިހާ ރައްޔިތުން އަދި ދަރިވަރުން މި ޚިދުމަތް ހެޔޮ ގޮތުގައި ބޭނުންކުރުމަށް އިއްސެ ވަނީ ގޮވާލައްވާފައެވެ.މި މަސައްކަތް ފެށުމަށް އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްކަމުގައިވާ ދުވާފަރު ޕްރައިމަރީ ސްކޫލްގެ ލީޑިން ޓީޗަރ އަލީ އިބްރާހިމް (ދާއީ) މައުލޫމާތު ދެއްވި ގޮތުގައި މި ޚިދުމަތް ދިނުމުގައި އިސްކަން ދޭނީ ދުވާފަރު ޕްރައިމަރީ ސްކޫލް އަދި އަދި ރ.އަތޮޅު މަދާރުސާގައި ކިޔަވާ ދަރިވަރުން ތިބި ގޭގެއަށެވެ. އަދި މި ޚިދުމަތް ރަށުގެ ގޭބީސީތަކަށް ގުޅާލުމުގެ މަސައްކަތް    މީހާރު ދަނީ ކުރިއަށެވެ.ދުވާފަރުގައި ޓެލެކުލާހުގެ ޚިދުމަޠް ފެށުމަށް ތައްޔާރުވަނީމި ޚިދުމަތް ދިނުމަށް މިހާތަނަށް 70 ވަރަކަށް ގެއަށް ކަނެކްޝަން އަޅާފައިވާއިރު ވީ އެންމެ އަވަހަކަށް ބާކީ ހުރި ގޭތަކަށް ކަނެކްޝަން އަޅާ މި ޚިދުމަތް ފެށުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ދާއީ މައުލޫމާތު ދެއްވި ގޮތުގައި ދުވާފަރުގައި ކޭޓީވީގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާ މި ހިދުމަތް ދޫކުރާ ގޮތަށް ހަމަޖެހިފައި ވަނީ އިތުރު އެއްވެސް ފީ އެއް ނުނަގާ މުޅިން ހިލޭއެވެ. ޓެގްރ.ދުވާފަރު ކޮވިޑް-19 ދުވާފަރު ޕްރައިމަރީ ސްކޫލް ޓެލެކުލާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ