ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު ނާޒިމްގެ ބޮޑު އެހީތެރިކަމެއް ވައިކަރަދޫ ރައްޔިތުންނަށް

ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު ނާޒިމްގެ ބޮޑު އެހީތެރިކަމެއް ހދ. ވައިކަރަދޫ ރައްޔިތުންނަށް ވެދެއްވައިފިއެވެ.
ވައިކަރަދޫ ދަނޑުވެރިން ހައްދާފައިވާ ތަކެތި ހަލާކުވިޔަ ނުދީ ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށާއި ވައިކަރަދޫއަށް ބޭނުންވާނެ ކާބޯތަކެތި ހދ. ކުޅުދުއްފުށިން ގެނައުމަށްޓަކައި ވައިކަރަދޫ ރައްޔިތުންނަށްޓަކައި މިއީ މިގޮތައްކޮށްދެއްވި ދެވަނަ ދަތުރުކަމަށް މަޢުލޫމާތުލިބިފައިވެއެވެ.
މިދަތުރުތައް ކޮށްދީފައިވަނީ ހަމައެކަނި ތެލުގެ ހަރަދަށްވާ ފައިސާ ރަށު ކައުންސިލުން ދައްކާގޮތަށެވެ. މިކަމުގެ އަމިލީ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ އެދޯނީގެ މުވައްޒަފުންނެވެ.
ނާޒިމްގެ ބޮޑު އެހީތެރިކަމާއިއެކު ދެވަނަ ދަތުރެއް ކޮށްދީފައިވާއިރު މިއަދު ކުރި ދަތުރު ވައިކަރަދޫ ކައުންސިލުން ސިޔާސީ ކޮށް ވަކި މީހަކަށް ސިޔާސީ މަންފާއެއް ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާތީ ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިދަފަ މުސީބާތުގެ ވަގުތެއްގައި ވައިކަރަދޫ ކައުންސިލުން ސިޔާސީ ކޮށް މިކަމަކީ ވަކި މީހެއްގެ ދީލަތިކަމާއި އެހީތެރިކަމުން ކޮށްދެއްވިކަމެއްކަމަށް ސިފަކޮށް ކަމުގެ އަސްލު އޮޅުވާލަން އުޅުމީ ހިތާމަހުރިކަމެއްކަމުގައި އާންމު ރައްޔިތުން އަންނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ