ކޮވިޑް19 އިން ސަލާމަތްވުމަށް ރާއްޖޭގެ ބޯޑަރުވެސް ބަންދުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
Advertisement
ގައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެއާޕޯޓާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ. "އެ ފުރާނަތައް ރިސްކް ކުރުން ގަބޫލެއް ނުކުރަން. ރާއްޖޭގެ ބޯޑަރު ވެސް ބަންދު ކުރަންވީ."ގައްސާން ވިދާޅުވީ ރާއްޖޭގެ ބޯޑަރުވެސް ބަންދު ކުރަންޖެހޭ ކަމަށާއި، ނުކޮށްދޫކޮލެވޭ އެންމެ ކަމަކުން މިހާތަނަށް ކުރެވުނު ރަނގަޅު މަސައްކަތް ބޭކާރުވިޔަ ދީގެން ނުވާނެ ކަމަށެވެ. ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 15 މީހަކު ޕޮސިޓިވްވި އިރު އޭގެތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި މިހާތަނަށް 16 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި އިރު 550 މީހުން ކަރަންޓީން ފެސިލިޓީތަކުގައި އެބަ ތިއްބެވެ. އަދި ސަރުކާރުން އަންނަނީ ކަމުގެ ފަންނީ ފަރާތްތަކުގެ ލަފާގެ މަތިން މިކަމުން ސަލާމަތްވުމަށް މުހިންމު ފިޔަވަޅުތަކެއްވެސް އަޅަމުންނެވެ.
ރާއްޖޭގެ ބޯޑަރު ބަންދު ކުރަންވީ: ގައްސާން މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ