ރާއްޖޭގެ ސަލާމަތް އޮތީ އިންޑިއާ އާއި އެކު: ނަޝީދު

ދިވެހިރާއްޖެއަށް ކުރިއެރުމާއި ސަލާމަތް އޮތީ އިންޑިއާ އާއި އެކުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ.ޖައިޝަންކަރު ދިވެހިރާޢްޖެއަށް ވަޑައިގެން މާލެ އެކުވެރި ސިންތެޓިކް ޓްރެކްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ، އިންޑިއާ އަކީ އަބަދުވެސް ރާއްޖެއަށް ދިމާވާ ކޮންމެ ފަދަ ކާރިސާއެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިވާ ޤައުމުކަމަށް ވިދާޅުވެފައެވެ.
އަދި ސިޔާސީ ގޮތުން ވިއަސް، ގުދުރަތީ ކާރިސާއަކާއި ގުޅިގެން ކަމަށް ވިޔަސް، އެންމެ ފުރަތަމަ އެހީވަނީ އިންޑިއާއިން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އިންޑިއާ އަށް އެންމެ ފުރަތަމަ އިސްކަން ދެނީ އެހެންވެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ދިވެހިން އަބަދުވެސް ވިސްނަން ޖެހޭނީ ދިވެހިންނަށް ރަނގަޅަކަށް ކަމަށާއި ދިވެހިން ވިސްނަން ޖެހޭނީ ރާއްޖެ ކުރިއަރުވައި ރާއްޖެ ތަރައްޤީ ކުރަމަށް ކަމަށެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު މިއަދު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ދިވެހިރާއްޖޭގެ އުތުރުތިލަފަޅުގައި އިންޑިއާ ސިފައިންނަށް ޤާއިމްވެ ތިބެވޭގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ