ތ.ކަނޑޫދޫ ކައުންސިލް ރައީސްގެ މަޤާމަށް ވާދަކުރާ ހަސަން މޫސާގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާޠިލްކޮށްފި

ތ.ކަނޑޫދޫ ކައުންސިލް ރައީސްގެ މަޤާމަށް ވާދަުކުރާ ކެންޑިޑޭޓު ހަސަން މޫސާގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާޠިލްކޮށްފިއެވެ.
ހަސަން މޫސާގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލްކުރުމާ ގުޅިގެން އެމްޑީޕީގެ ކެންޑިޑޭޓަށް މިވަނީ އިންތިހާބަކާ ނުލައި އޭނާގެ މަގާމު ޔަގީންވެފަ އެވެ.
ސުޕްރީމް ކޯޓުން ޙސަން މޫސާގެ ކެނޑިޑެންސީ ބާޓިލްކުރީ ކެނޑިޑެންސީ ބާޠިލްކުރީ އޭނާގެ ސާބިތު ދަރަންޏެއް އޮވެގެންނެވެ. ހއިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ހަސަން މޫސާގެ ކެންޑިޑެސީ ފޯމް ކޮމިޝަނަށް ހުށަހެޅިއިރު ސާބިތު ހަރަދުގެ ގޮތުގައި 86،148.28 ރުފިޔާ ދައްކަން އޮތުމުން އޭނާ އަކީ ކެންޑިޑޭޓެއްގެ ޝަރުތު ފުރިހަމަވާ މީހުން ނޫން ކަން އެނގޭ ކަމަށެވެ.
އޭނާގެ ސާބިތު ދަރަންޏެއް އޮތުމުން މިދިޔަ ޖެނުއަރީމަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ އޭނާގެ ކެނޑިޑެންސީ ބާތިލްކޮށްފައެވެ. އިސީން މިގޮތަށް ނިންމުމުން ހަސަން މޫސާ ވަނީ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އަދި ސުޕްރީމް ކޯޓުން ކުރިން ނިންމީ ހަސަން މޫސާގެ ކެންޑިޑެސީ ގަބޫލުނުކުރުމަަށް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ