ޖީއެމްއާރަށް އެއާޕޯޓް ދިނީ ރައީސް ނަޝީދު ފައިސާ ބޭނުންވެގެން: ޑރ. ޒުލްފާ

އިންޑިއާގައިވެސް ކޮރްޕްޝަންގެ މައްސަލަތައް ކުރިމަތިވަމުން އަންނަ ޖީއެމްއާރު ކުންފުންޏަށް ރާއްޖޭގެ ވައިގެ މައި ބައިނަލްއަޤްވާމީ ބަނދަރު ދިނީ ރައީސް ނަޝީދު ފައިސާ ބޭނުންވެގެންނެވެ. އެންމެ ގިނަ އަދަދަކަށް (78 މިލިއަން ޑޮލަރު) ދޭން ހުށަހަޅާފައި އޮތީ ޖީއެމްއާރުންނެވެ. 
އެއިރު އެމްޑީޕީގައި އަޅުގަނޑު ހުއްޓަސް ޖީއެމްއާރު ޜާއްޖެއިން ބޭރުކުރަން އަޅުގަނޑުވެސް ހިތާހިތުން އެއްބަސްވީމެވެ. އިންޑިއާފަދަ ޤައުމަކަށް އަޅުގަނޑުމެން ފަދަ ކުޑަ ޤައުމަކަށް ފައިށާދޭން ވަރަށް ފަސޭހަވާނެއެވެ. ނަމަވެސް ފައިސާދިން ނަމަވެސް ފައިސާގެ ދަހިވެތިކަމުގައި ޤައުމުގެ ސިޔާދަތު ވިއްކާލަކަށް ނުޖެހެއެވެ. 
"ދެން އެއީ ވަރަށް ވަނދުކޮށް ކުރެވިފަ އޮތް ކަމެއް! އަޅުގަނޑު ހަމަ ދަންނަވާނަން. ކިތަންމެ ބޮޑު އަގެއް ދެއްވައިގެން ނަމަވެސް ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ހޯދުމަކީ ވަރަށް ރަނގަޅަށް ކުރެއްވި ކަމެކޭ. ހަމައެގޮތަށް އައްޑޫގަ އެބޭފުޅުން އަޅުއްވަން އުލުއްވާ މަރުކަޒުގެ މައުލޫމާތުވެސް އެނގެން ބޭނުން. ފައިށާ ދެކޮޅަށް ބަދަލުވެފަހުރީ ކޮންގޮތަކަށްތޯ އެނގެން ބޭނުން. އެކަންކަން އެނގުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބިފައިވާ ޙައްޤެއް. އެހެންވީމަ ވަރަށް ބާރަށް ކެންޕޭނު ކުރިއަށް ގެންދަވާ! އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ތާއީދު!". 
ޑރ. ޒުލްފާގެ ވާހަކަފުޅުގައި ކަމުގެ ޙަޤީޤަތް ހާމަކުރައްވާފައިވުމުން 4 ފުށް ކެހެރި އެމްޑީޕީގެ ސަޕޯޓަރުން ބުނާ އަޑު އިވެނީ އެއިރު އޮތް އެމްޑީޕީގެ ސަރުކާރު ވެއްޓުނީ ޑރ. ޒުލްފާފަދަ "ދެފުށްކެހެރިން"ގެ ސަބަބުން ކަމަށެވެ. 
ޑރ. ޒުލްފާގެ މިވާހަފުޅު ޢާންމުކުރައްވާފައިވަނީ އެއިރު ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީގެ މަޤާމުގައި ހުންނެވި ފުރަހަނި ޝުޢައިބް ޢަލީއެވެ. ވީމާ ރެކޯޑިންގ ގެ އަސްލާއިމެދަކު އެއްވެސް ސުވާލެއް ނުއުފެދެއެވެ. 
ޑރ. ޒުލްފާ / ރައީސް ނަޝީދުގެ ވެރިކަމުގަ ޓޫރިޒަމް މިނިސްޓަރ 
 
ގުޅުންހުރި އޯޑިއޯ: 
https://twitter.com/ShuaibMaldives/status/1449707134413729794
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ