އދ. ދިގުރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ސްޓެވޯ ޖަނަރޭޓަރެއް އެރަށަށް ފޮނުވައިފިއެވެ.
ސްޓެލްކޯއިން ބުނީ އެރަށުގެ ކަރަންޓު ކެޕޭސިޓީ ވަރުގަދަކުރަން ސްޓެވޯގެ އެސްޓީޑަބްލިޔު 600ގެ ޖަނަރޭޓަރެއް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި އެޔާއެކު އެރަށުގެ ކަރަންޓު ކެޕޭސިޓީ 918 ކިލޯވޮޓުން 1518 ކިލޯވޮޓަށް އިތުރުވެގެންދާނެ ކަމަށެވެ.
މިދިޔަ އޮކްޓޮބަރު މަހުގެ ތެރޭގައި ސްޓެވޯއިން ތިން މޮޑެލްއެއްގެ ޖަނަރޭޓަރު ބާޒާރަށް ނެރެފައި ވެއެވެ. އެއީ އެސްޓީޑަބްލިޔު 300، އެސްޓީޑަބްލިޔު 600 އަދި އެސްޓީޑަބްލިޔު 800 އެވެ. ސްޓެވޯއިން އެސެމްބްލް ކުރާ ޖަނަރޭޓަރުތަކަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖަނަރޭޓަރާ އެއް ފެންވަރުގެ ޖަނަރޭޓާރުތަކެކެވެ.
ދިގުރަށު ކަރަންޓު ކެޕޭސިޓީ އިތުރުކުރަން ސްޓެވޯގެ ޖަނަރޭޓަރެއް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ