އިއްތިހާދުން އިންތިހާބު ކާމިޔާބު ކުރުމުގެ އުފަލުގައި މުޅި ރާއްޖޭގައި ބާއްވަމުން ގެންދާ ހަރަކާތްތަކުގެ ތެެރެއިން ވިލިމާލޭގައި ރޭ ބޭއްްވި ހަފްލާގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމު ބައިވެރިވެވަޑައިގެންފި އެވެ.
ވިލިމާލެގައި ދިރިއުޅޭ އިއްތިހާދަށް ތާއީދުކުރާ ރައްޔިތުން އިސްނަގައިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އިއްތިހާދަށް ތާއީދުކުރައްވާ ބައެއް މަޖިލިސް މެމްބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ލައިވް މިއުޒިކާއި ބޮޑުބެރާއި އެކު ކުރިއަށް ގެންދިޔަ މި ހާއްސަ ހަރަކާތުގައި ވިލިނގިލީގައި ދިރިއުޅޭ އިއްތިހާދަށް ތާއިދު ކުރާ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެ އިބްރާހީމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމަށް މަރުހަބާ ދަންނަވާފަ އެވެ.
މި ހަރަކާތުގެ ތެރެެއިން ވިލިމާލޭގެ ރައްޔިތުންގެ ފަރާތުން އިބްރާހީމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމަށް ހަދިޔާ ކުރި ހާއްސަ ކޭކެއް ފެޅުން ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އިބްރާހީމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމު އިންތިހާބު ކާމިޔާބު ކުރުމާއި ގުޅިގެން މުޅި ރާއްޖޭގައި މެދު ނުކެނޑި ކޮންމެ ދުވަހަކުވެސް ދަނީ އުފާފާޅުކުރުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެނދަމުންނެވެ.
މީގެ ތެރެއިން މާލެ ސަރަހައްދުގައި ބާއްވާ ގިނަ ހަރަކާތްތަކުގައި އިންތިހާބީ ރައީސް އާއި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ވިލިމާލޭގެ ރައްޔިތުން އިބޫއާއި ފައިސަލަށް މަރުހަބާ ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ