މެމްބަރު ޝިޔާމުގެ ދިފާއުގައި މާސްކް އަޅައިގެން ނައިފަރުގައި އިހުތިޖާޖެއް!

މި މަހުގެ ފުރަތަމަ ދުވަހުގެރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހިނގި ހަމަނުޖެހުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމަށް އަނިޔާވި މައްސަލައިގައި، ނައިފަރުުގައި އިހުތިޖާޖު ކުރަމުން އެބަދެއެވެ. ޖަލްސާގައި ޝިޔާމް އަޑުގަދަކުރުމާ ގުޅިގެން ނަން އިއްވުމުން އެމްޑީޕީގެ މެންބަރުން އޭނާ ގަދަކަމުން ނެރެން މަސައްކަތް ކުރިއެވެެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ޝިޔާމް ބިން މައްޗަށް ވެއްޓިފައި އޮންނަ ތަނާއި އަދި އޭނާގެ ގަމީސް ވީދިފައި އޮންނަތަން ފެނެ އެވެެ. ޕީޕީއެމްއިން ތުހުމަތުކުރާ ގޮތުގައި ޝިޔާމްއަށް އަނިޔާކުރަން އެންގެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި އެ މައްސަލަ ބަލައިދޭން ޕީޕީއެމްއިން މިހާރު ވަނީ ފުލުހުނަށްވެސް ހުށަހަޅައިފަ އެވެ. ނައިފަރުގައި ކުރިއަށްދާ އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ/ޕީޕީއެމް މެމްބަރު ޝިޔާމު ތަޅުމުން ނެރުމުގައި އެމްޑީޕީ މެމްބަރުން އަމަލުކުރިގޮތާ ދެކޮޅަށް، ނައިފަރުގެ ގިނަ ރައްޔިތުން މިއަދު ވަނީ އިހުތިޖާޖު ކުރުމަށް މަގުތަކަށް ނުކުމެފައެވެ. އިހުތިޖާޖުގެ ބައިވެރިން ތިބީ މާސްކް އަޅައިގެންނެވެ. އިހުތިޖާޖުކުރަމުން އަންނަ މީހުން ބުނަނީ ޝިޔާމަށް ދިން އަނިޔާ އެރަށު ރައްޔިތުން ހަނދާން ނުނެތޭނެ ކަމަށެވެ. އަދި ޝިޔާމް އާމެދު ދާއިރާގެ ރައްޔިތުން ފަހުރުވެރިވާ ކަމަށެވެ. ނައިފަރުގައި ކުރިއަށްދާ އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ/ޕީޕީއެމް ޝިޔާމަށް އަނިޔާކުރަން މަޖިލީހުގެ ރިޔާސަތުން އެންގެވި ކަަމަށް ބުނެ އިހުތިޖާޖުގެ ބައިވެރިން އަންނަނީ މަޖިލިސް ރައީސްގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ. އަދި ނަޝީދު ހައްޔަރުކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ. ނައިފަރުގައި ކުރިއަށްދާ އިހުތިޖާޖުގައި އެކި އުމުރުގެ މީހުން އަންނަނީ ބައިވެރިވަމުންނެވެ. ޖަލްސާ ހޫނުވެ، ހިނގި ތަޅާފޮޅުންގަނޑުގައި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު، ޝިޔާމްގެ މޭކަށިގަނޑުގައި ރެނދުލައިފައިވާ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ. ޝިޔާމަށް ފަރުވާ ދިނުމަށްފަހު މިހާރު ގެއަށް ދޫކޮށްލާފައިވާއިރު، ހަތަރު ހަފްތާއަށް ބެޑް ރެސްޓު ކުރަން ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށް ޕީޕީއެމް އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ