ޕީޕީއެމްގެ ބާރުތައް ހޯދަން މައުމޫން ކޯޓަށް

ޕީޕީއެމް ހިންގުމުގެ ބާރުތައް އަނބުރާ ހޯއްދަވަން ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ. މި މައްސަލަ ހުށަހެޅުއްވި އިރު ވެސް މި މައްސަލައާބެހޭ ގޮތުން ކޯޓުތަކުން ވަނީ ގޮތެއް ނިންމާފަ އެވެ.
މައުމޫން ފެކްޝަނުން މިއަދު ބުނީ ޕީޕީއެމްއާ އެ މައްސަލަ ރައީސް މައުމޫން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ ދައުވާ އެދިފައި ވާނީ ޕާޓީ ހިންގުމުގެ ބާރުތައް ޕީޕީއެމްގެ މުސްތަޝާރާ ހަވާލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށެވެ.
ޕީޕީއެމް ހިންގުމުގެ ބާރުތައް ރައީސް ޔާމީންއާ ހަވާލުކޮށްފައި ވަނީ ވެސް ޕީޖީ ގްރޫޕުގެ ދެ މެންބަރުން ހުށަހެޅު މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން ސިވިލް ކޯޓުން ވަނީ މުސްތަޝާރު އިސްވެ 24 ގަޑިއިރު ތެރޭގައި ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށާއި ޕާޓީ ހިންގުން ވެސް ރައީސް ޔާމީނާ ހަވާލު ކުރުމަށެވެ. އެ ނިންމުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
މި މައްސަލަ ހުށަހެޅުވި ނަމަވެސް ދައުވާ ކޯޓުން ބަލައިގެންކަން އަދި ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ