ޕީޕީއެމް ހިންގުމުގެ ބާރު އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމް އާއި ދެކޮޅަށް ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ރައީސް މައުމޫން ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޕާޓީ ހިންގުމުގެ ބާރު ރައީސް ޔާމީން އާއި ހަވާލުކުރީ ގާނޫނުއަސާސީ އާއި ޕާޓީތަކުގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ޕާޓީގެ ހިންގުން، ރައީސް ޔާމީން އާއި ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް، ހައިކޯޓުން އަދި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ. އެގޮތުން ޕީޕިއެމް ހިންގުމުގެ ބާރު ރައީސް ޔާމީނަށް ލިބިވަޑައިގަތުމާއެކު، ޕާޓީ ހިންގުމުގެ ހުރިހާ ކަމެއް ކުރައްވަނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.
ޕާޓީގެ ރައީސްގެ ހުރިހާ މަސްއޫލިއްޔަތުތަކެއް މުސްތަޝާރު ރައީސް ޔާމީނާއި ހަވާލު ކުރަން ކައުންސިލުން ނިންމާފައިވާތީ ރައީސް މައުމޫން ވަނީ އިލެކްޝަންސް ކޮމިޝަނަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް މައްސަލަ ހުށައަޅުއްވާފައެވެ.
ޕީޕީއެމްގެ ބާރުތައް ހޯދަން މައުމޫން ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ