އޭދަފުށީގެ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓު ކަނޑާލަނީ..

އޭދަފުށީގެ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓު ކަނޑާލާނެ ކަމަށް ފެނަކަ އޭދަފުށި ބްރާންޗުން ބުނެފިއެވެ.
ފެނަކަ އޭދަފުށި ބްރާންޗުން ބުނީ ޓެކްނިކަލް މަސައްކަތެއް ކުރުމަށް ކަރަންޓު ކަނޑާލާނީ މިއަދު ހެނދުނު 6:00 އިން ފެށިގެން މެންދުރު 12:00އަށް ކަމަށެވެ.
ކަރަންޓު ކަނޑާނީ ކޮންމެ ބައި ގަޑިއިރަކުން އެކި ސަރަހައްދުތަކުން އެކި ވަގުތުތަކުގައި ކަމަށެވެ.
އޭދަފުށި ކައުންސިލުން ބުނީ އެރަށުގައި ކަރަންޓް ބޭނުންކުރާ މިންވަރު ކުރިއަށްވުރެ މައްޗަށްގޮސް އިންޖީނުތަކުގެ ކެޕޭސިޓީއަށް މިހާރު ނުފެތޭ ކަމަށާއި އެހެންވެ، އެއްމެގަވޮޓް ވޯޓުގެ އައު އިންޖީނެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭދަފުށީގައި އަލަށް ބެހެއްޓީ އިންޖީނަށް މައްސަލައެއް ދިމާވެ، މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުވެސް ވަނީ ކަރަންޓު ކެނޑިފައެވެ.
ޚަބަރާއިގުޅޭ ކިޔުން:
އޭދަފުށީގައި އަލަށް ބެހެއްޓި ޖެނެރޭޓަރަށް މައްސަލައެއް ދިމާވެ، ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ