މެމްބަރު އަބުޅޯ އާއި އަމީތު ޖޭޕީއަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ޖުމްހުރީ ޕާޓީއަށް ސޮއިކޮށްފިއެވެ.
ޖުމްހުރީ ޕާޓީ އޮފީހުގައި މިރޭ ބޭއްވި ހަފްލާގައި މެމްބަރު އަބުޅޯ އާއި އަމީތު ޕާޓީއަށް ސޮއި ކުރި ފޯމު ހަވާލުކޮށްފައިވަނީ ޖޭޕީގެ ލީޑަރ އަދި މަޖްލިސްގެ ރައީސް ގާސިމް އިބްރާހިމް އާއިއެވެ.
އަބުޅޯ އަދި އަމީތަކީ މަޖްލިސްގެ ގޮޑި ގެއްލުނުކަމަށް އިލެކްޝަން ކަމިޝަނުން ނިންމި ދެ މެމްބަރުންނެވެ. ދެ މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޖޭޕީ ޓިކެޓުގައި އިންތިހާބު ކާމިޔާބު ކުރެއްވި އަބުޅޯ ފަހުން ވަނީ ޕީޕީއެމް އާއި ގުޅިފައެވެ. އަބުޅޯ ޕީޕީއެމްއިން ވަކިވީ މަޖްލިސްގެ ރައީސް އަބްދުﷲ މަސީހު ބޭރުކުރުމަށް ސޮއި ކުރުމަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ