ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެކަމަނާގެ ފިރިކަލުން ޤާސިމް އިބްރާހީމް ރާއްޖެ ގެނެސްދެއްވީ ދިވެހިރާއްޖޭގެ ރައްޔިތުން ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ޢާއިޝަތު ނަހުލާ ރާއްޖޭގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
ޢައިޝާ މިއަދު ވިދާޅުވީ ތުއްތު 6 ދަރިންނާއި ދުރުގައި ޤާސިމް އިބްރާހީމް އަށް ހުންނަވަން ޖެހިވަޑައިގަތުމުން ޢާއިލާއަށް ލިބެމުން އައި ހިތްދަތިކަން ނިމުމަކަށް ގެނެސްދިނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުން ކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޢައިޝާ ވަނީ މާލޭގައި ކެންޕޭނު ކުރެއްވުމުގެ އިތުރުން ރާއްޖޭގެ 60 އަށްވުރެ ގިނަ ރަށްތަކަށް ވަޑައިގެން ގުޅިފައިވާ ކޯލިޝަނަށް ތާއީދު ހޯއްދަވަން ކެންޕޭނު ކުރައްވައިފައެވެ.
ޤާސިމް ރާއްޖެ ގެނެސް ދެއްވީ ރައްޔިތުން- ވަރަށް ބޮޑަށް ޝުކުރިއްޔާ!: ޢައިޝާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ