ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިލްހާމް ސޮއިކުރެއްވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާގެ ވިސްނުމާއި ފިކުރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
އެގޮތުން ގާސިމް އިބްރާހީމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ގެނައުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ތާއަބަދު ކުރައްވާނެ ކަމަށެވެ. އަދި ހަމަ އެ ގޮތުގައި ދެމި ހުންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން އިލްހާމް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންއާ ދެކޮޅަށް ގާސިމް އިބްރާހީމް ވާދަކުރެއްވިނަމަ، އޭނާ ހުންނަވާނީ ގާސިމްއާ އެކުގަ ކަމަށެވެ.
އަދި އިލްހާމް ވިދާޅުވީ އެންމެ ފުރަތަމަ އޭނާ އިސްކުރައްވާނީ ގައުމު ކަމަށާއި، ގައުމަށް ނުރައްކަލެއް ކުރިމަތިވާނަމަ، އެވަގުތު އޭނާ ތެދުވާނެ ކަމަށް ވިދާޅުވިއެވެ.
ދަނގެތީ ދާއިރާގެ މެމްބަރު ކަމަށް އިލްހާމް އިންތިހާބުވެވަޑައިގަތީ ޖޭޕީގެ ޓިކެޓުގައެވެ. ޖޭޕީގެ ޓިކެޓްގައި މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެން ފަހުން އިލްހާމް ވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ. އަދި އޭގެ ފަހުން ޕީޕީއެމްއާ މެދު ޚިޔާލުތަފާތުވުންތަކެއް އުފެދި، އިލްހާމް ހުންނެވީ ޕާޓީގެ މަސައްކަތުން އެކަހެރިވެފައެވެ.
ގާސިމް ވެރިކަމަށް ގެންނަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން: އިލްހާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ