ގޭގައި އުފައްދާ ކަރަންޓް ސަރުކާރަށް ވިއްކޭގޮތަށް ގާނޫނު ހަދަން ޖެހޭ: ރައީސް ނަޝީދު

ގޭގައި ކަރަންޓް އުފައްދާ ފަރާތްތަކުން އިތުރުވާ ކަރަންޓު ސަރުކާރަށް ވިއްކޭގޮތަށް ގާނޫނީ އޮނިގަނޑު ބަދަލުކުރަން ޖެހޭ ކަމަށާއި، އޭގެ ސަބަބުން ކަރަންޓޫގެ އަގު އިންތިޮހާއަށް ތިރިވެގެން ދާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވިލިގިލީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ވާދަކުރައްވާ ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދުގެ ކެމްޕޭން ފައްޓަވައިދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތްކޮށް މިހާރު މިހުރި ވަރަށްވުރެ މާ ބޮޑަށް ކަރަންޓުގެ އަގު ތިރި ކުރެވޭނެ ގޮތް ހުންނާނެ ކަމަށެވެ. އެގޮތުން އަވިން ކަރަންޓޫ އުފެއްދުމަށް އިސްކަންދީ ގާނޫނުތަކަށް ގެނެވޭ ބަދަލާއެކު އެކަން ހާސިލް ކުރެވޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުޔ ފާހަގަ ކުރައްވާ ގޮތުގައި މިހާރު ރާއްޖޭގައި ޑީސަލް ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ ހަރަދަކީ 6 ރުފިޔާ ނުވަތަ ހަތް ރުފިޔާއެވެ. އެހެން ނަމަވެސް ޒަމާނީ ވަސީލަތްކާއެކު ރާއްޖޭގައި އަވިން އުފެއްދޭ ކަރަންޓުގެ އަގު 2.5 ރުފިޔާއަށް ތިރިކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ކަރަންޓު އަމިއްލަ ގޭގައި އުފައްދާފައި ސަރުކާރަށް ކަރަންޓު ވިއްކެން އެބައޮތް، އެ މަސައްކަތް ކުރަން ބޭނުންވާ އެތައް ކުންފުންޏެއް ދުނިޔޭގައި އެބަވޭ، ރާއްޖެއަށް އެ މީހުން ނާންނަންވީ އެއް ގޮތެއް ވެސް ނުހެދޭނެ، ހަމައެކަނި ބަދަލު ކުރަންވީ ގާނޫނީ އޮނިގަނޑު،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ގެންދަވަނީ ރާއްޖޭގައި އުފައްދާ ކަރަންޓޫ ތިމާވެއްޓާއި ރައްޓެހި ކަރަންޓަކަށް ބަދަލު ކުރެއްވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެމނަނިކުފާނުގެ ދައުރުގައި ސަރުކާރުގެ ގިން ތަންތަނެއްގައި ސޯލާ ހަރުކޮށް އަވިން ކަރަންޓު އުފެއްދޭނެ ނިޒާމްތަކެއް ވަނީ ގާއިމް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ