ކަނޑިތީމު ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު މުހައްމަދު ހުސެއިން ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް ނިންމައިފިއެވެ.
ސަރުކާރު ހިންގާ އެންމެ ބޮޑު ޕާޓީ ކަމުގައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފިޝަލަކު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ޕީޕީއެމުން އަންނަ ބުރާސްފަތި ދުވަހުގެރޭ ބާއްވާ ޖަލްސާގައި ސޮއިކުރައްވާ ބޭފުޅުންގެ ތެރޭގައި މުހައްމަދު ހުސެއިން ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މުހައްމަދު ހުސެއިން މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައިއެވެ.
"މުހައްމަދު ހުސެއިން ވަނީ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފައި، އޭނާ ސަރުކާރާއި ގުޅެން ނިންމީ ދާއިރާގެ ތަރައްގީއަށްޓަކައި،" އޮފިޝަލް ވިދާޅުވިއެވެ.
މީގެކުރިން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކަނޑިތީމު ދާއިރާއަށް މުހައްމަދު ހުސެއިން ކުރިމަތިލެއްވީ ސަރުކާރު ކޯލިޝަންގެ ފަރާތުން ޖޭޕީގެ ޓިކެޓުގައިއެވެ. އޭގެ ކުރިން އޭނާ ޑީއާރުޕީގައި ހުންނެވި ނަމަވެސް، ޑީއާރުޕީ ރޫޅި، އެކި މެމްބަރުން އެކި ޕާޓީތަކަށް ބަދަލުވަމުން ދިޔަ ދަނޑިވަޅުގައި މުހައްމަދު ހުސެއިން ޖޭޕީ އާއި ވަނީ ގުޅިވަޑައިގެންފައެވެ.
މުހައްމަދު ހުސެއިނަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ސަރުކާރާ ގުޅިގެން މަަސައްކަތް ކުރައްވަން މުހައްމަދު ހުސެއިން ނިންމެވިއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް، ޕީޕީއެމާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ ހަބަރުތަކެއް ދަނީ ފެތުރެމުންނެވެ.
ކަނޑިތީމު ދާއިރާގެ ޖޭޕީ މެންބަރު ސަރުކާރާއި ގުޅިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ