ބީއެމްއެލްއިން ހަނިމާދޫ ސްކޫލް ލައިބްރަރީ އަށް އެހީވެއްޖެ

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ހަނިމާދޫ ސްކޫލްގެ ލައިބްރަރީ ތަރައްގީކޮށްފި އެވެ.މި ޕްރޮޖެކްޓު ދަށުން ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތްހަރުގަނޑު ހިމަނައި، ސެން ކްލާސް ދަރިވަރުންނަށް ހާއްސަ ރީޑިންގ ކޯނާރ އެއް ގާއިމްކުރުމުގެ އިތުރުން ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ވަނީ ހޯދައިދީފައެވެ. މީގެ އިތުރުން އާންމުންގެ ފަރާތުން ހަދިޔާ ކުރި ފޮތާއެކު ޖުމްލަ 700 އަށް ވުރެ ގިނަ ފޮތް ވަނީ ލައިބްރަރީއަށް އިތުރުކޮށްފައެވެ. މި ފޮތްތަކުގެ ތެރެއިން 450 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ގެނައި ފޮތެވެ.މީގެ އިތުރުން 700 އަށްވުރެ ގިނަ ފޮތް ލައިބްރަރީއަށް ވަނީ އިތުރުކޮށްފަ އެވެ. މި ފޮތްތަކުގެ ތެރެއިން 450 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ގަތް ފޮތް ކަމަށް ބީއެމްއެލް އިން ބުންޏެވެ. ދެން ހުރި ފޮތްތައް ހަދިޔާކޮށްފައި ވަނީ އާންމުންގެ ފަރާތުންނެވެ.ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ހުސައިން ވަހީދު ބުނި ގޮތުގައި އެ ސްކޫލްގެ ލައިބްރަރީ އިތުރަށް ތަރައްގީކުރީ އެތަން ބޭނުންކުރާ ދަރިވަރުން އިތުރުވަމުން އަންނާތީ އެވެ. ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކުރުމުގެ ޕްރޮޖެކްޓް ހިންގާފައި ވަނީ ހަނިމާދޫ ޒުނާވުންގެ ޖަމިއްޔާގެ ފަރާތުންނެވެ. ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމިއްޔާތަކުން މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރެވުނު ފަންޑެކެވެ. މިފަންޑަށްހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރުހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭޕްރޮޕޯސަލްތަކެކެވެ. ބީއެމްއެލްއިން ވިދާޅުވިގޮތުގައި މިއަހަރު ފުރަތަމަ ކުއާޓަރގެ ހުށަހެޅުންތައް މިހާރު ލިބިފައިވެއެވެ. މިހާރު ކުރިއަށްދަނީ މި ހުށަހެޅުންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ