މޫސުން ގޯސް، ގުގުރުން ވެސް އެކަށިގެންވޭ!

ކުރިއަށް އޮތް 24 ގަޑިއިރު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
އެ އިދާރާއިން ބުނީ، މޫސުން އެންމެ ގޯސްވާނީ ރާއްޖޭގެ ދެކުނާއި މެދުރާއްޖޭގެ ސަރަހައްދުތަކަށެވެ. އެގޮތުން އެ ސަރަހައްދުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި އުތުރުގެ ބައެެއް ރަށްތަކަށްވެސް ކެރީގެ އަސަރުކޮށް ގުގުރުން އެކަށީގެންވެއެވެ.
މިއަދު ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖޭގައި ގަޑިއަކު ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގައި ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކޮށްފައިވެއެވެ.
އުތުރާއި މެދުރާއްޖޭގައި އާދައިގެވަރަަކަށް ކަނޑު ގަދަވާނެކަމަށް ލަފާކޮށްފައިވއިރު ދެކުނުގުގައި އާދައިގެވަަރަކަށް ކަނޑު މަޑުވާނެކަމަށް ލަފާކޮށްފައިވެއެވެ.
ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ ސަރަހައްދުތަކުގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އެދެއެވެ.
މޫސުން ގޯސްވެފައި މި ދުވަސްވަރަކީ އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ދުވަސްވަރެއް ކަމުން ދިމާވެދާނެ ކަނޑުމަތީގެ ހާދިސާއަކުން ރައްކާތެރިވުމަށް އޮޑިދޯނި ފަހަރުގެ ސަލާމަތީ ކަންކަމަށް އިސްކަންދޭން ޖެހެއެެވެ.
އެހެންނަމަވެސް އަންގާރަ ދުވަހާއި ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށާއި، އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ