ކޮމަންޑޫ ދާއިރާގައި އަދިވެސް ފުރިހަމަ ނުވެ ކަންކަން އެބަހުރި ކަމަށާއި، އެ ދާއިރާއަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުލް ހަންނާން އިދުރީސް ހޮވައިދީގެން އެ ކަންކަން ހާސިލުވާން ކަމަށް ޕާޓީގެ ރައީސް، ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނުން ނިންމުމުގެ ގޮތުން ދާއިރާގެ ރައްޔިތުންނަށް ދެއްވި ހާއްސަ މެސެޖެއްގައި ނާޒިމް ވިދާޅުވީ މާދަމާ ގޮތް ނިންމާ ގޮތުން ރައްޔިތުންނަށް އުފާވެރި ނުވަތަ މާޔޫސްކަން ވެސް އައިސްދާނެ ކަމަށެވެ. އެހެންކަމުން ގޮތެއް ނިންމާއިރު ރަގަޅު ކެންޑިޑޭޓަކަށް ވޯޓު ދޭން ޖެހޭ ކަމަށެވެ.
ދާއިރާގައި އަދިވެސް އަސާސީ ކަންކަން ފުރިހަމަ ނުވެ ހުރިކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، ފެނާ ނަރުދަމާގެ ކަންކަން ވެސް ފުރިހަމަ ނުވާ ކަމަށެވެ. އެކަންކަމަށް ހަންނާން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
ހަންނާނަކީ ތައުލީމީ ދާއިރާގައި 30 ދުވަހު މަސައްކަތް ކުރެއްވި ގާބިލް ބޭފުޅެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ދާއިރާގެ މުހުތާދުތައް ފިލުވަން ހަންނާން މަސައްކަތްކުރާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ