ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭ މޫސުން ގޯސް ވާނެ: މެޓް

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖެއަށް މޫސުން ގޯސް ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓު އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ބުނީ ވިލާގަނޑުގައި، 45 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު ދެކުނުންނެވެ.
މެޓް އޮފީހުން ވަނީ މޫސުން ގޯސްވާނެތީ ހުދު ސަމާލު ވެސް ނެެރެފައެވެ. ހުދު ސަމާލު ނެރިފައި ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް މިއަދު ހެނދުނު 7:00 މެންދުރު 13:00 އަށެވެ.
މޫސުން ގޯސްވެ، ވައިގަދަވުމުގެ ސަބަބުން އެއްގަމު، ކަނޑު އަދި ވައިގެ މަގުން ދުއްވާ އުޅަނދުތައް ދުއްވުމުގައި ސަމާލުވުމަށް ކަމާއި ގުޅުން ހުރި އިދަރާތަކުން ވަނީ އެދިފައެވެ.
މިދިޔަ ދެ ދުވަހު ބޮޑު ދިޔަގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރި ނަމަވެސް މިއަދު އުދަ އެރުމުގެ ފުރުސަތު ކުޑަ ކަމަށް މެޓުން ބުނެއެވެ.
ޑިސެމްބަރ އަދި އެޕްރީލް މަހަކީ ޢާންމުކޮށް ދެމޫސުން ބަދަލުވާ ދުވަސްވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ