މާލެ ސަރަަޙައްދުގެ ފިހާރަތައް ހުޅުވާފައި ބެހެއްޓުން ހަވީރު 4އާ ހަމައަށް

ކޮވިޑް-19 އާއި ގުޅިގެން އަަޅާފައިވާ ފިޔަވަޅުތަކާއެކު އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް މާލެ ސަރަޙައްދުގެ ފިހާރަތައް ހަވީރު ހަތަރެއް ޖެހުމާއި ހަމައަށް ހުޅުވާފައި ބެހެއްޓުމަށް އިކޮނޮމިކު މިނިސްޓްރީން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް މިގޮތަށް ހަމަޖައްސާފައިވީ ނަމަވެސް ކާފިއު ވަގުތުތަކުގައި ޚާއްސަ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދިނުން ރޭގަނޑު 12 ޖަހަނެދެން ދެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ކެފޭ ރެސްޓޯރަންޓްތަކުގެ އެތެރޭގައި ތިބެގެން ޢާންމުންނަށް ޚިދުމަތް ދިނުންވެސްވަނީ މަނާކޮށްފައެވެ.މިބަދަލު ގެނެސްފައިވަނީ ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުގައިވާގޮތުން، ހުއްދަ ނެތި ހަވީރު 16:00އިން ފަތިހު 04:00އަށް ބޭރުގައި އުޅުމަކީ މަނާކަމެކެވެ. މިއާ ގުޅިގެން ޒަރޫރީ ބޭނުންތަކުގައި ނުވަތަ ޚާއްސަ ހާލަތްތަކުގައި ބޭރަށް ނިކުންނަންޖެހޭ މީހުންނަށް ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދައާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ